ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ޣާޒީ މުޙައްމަދު ފްރީސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކުރުމާއި ގުޅޭ

ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން ބީލަން ރަޖިސްޓަރީކުރާ ފޯމު ހުށަހަޅުއްވައިގެން ބީލަން ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. ބީލަން ރަޖިސްޓަރީ ކުރެވޭނީ ބީލަން ރަޖިސްޓަރީކުރާ ފޯމް، މި ކައުންސިލްގެ ކައުންޓަރަށް ހުށަހަޅުއްވައިގެން ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށް ފޯމް މެއިލްކޮށްގެންނެވެ.

ބީލަން ހުށަހަޅާ ބައްދަލުވުން އޮންނާނީ 24 ޖޫން 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ މަސައްކަތާއި ގުޅޭ ލިޔުންތައް މި އިޢުލާނާއިއެކު ޢާންމު ކުރީމެވެ.

04 ޖޫން 2024
ހޯދާ