ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައު ދައުރަކަށް ހިންގާ ކޮމިޓީ އިންޚާބު ކުރުމާބެހޭ

02 ޖޫން 2024 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ ހިންގާ ކޮމިޓިގެ ޖަލްސާގައި ފާސްކޮށްފައިވާ ގޮތުގެ މަތިން ޓޭބަލް މިއެސޯސިއޭޝަންގެ 2024 އިން 2028 އަށް އިންތިޚާބު ކުރެވޭ ހިންގާ ކޮމިޓީގެ އިންތިޚާބު 10 ޖުލައި 2024 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި މި އިންތިޚާބުގައި މިއެސޯސިއޭޝަންގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މެންބަރުން ހޮވުމަށްޓަކައި، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު، މި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންނަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

ފުރިހަމަ މެންބަރުންގެ ތެރެއިން ވޯޓްލުމުގެ ހައްޤު ލިބިދޭނީ 2024 ވަނަ އަހަރުގެ އަހަރީ ފީ ދައްކާފައިވާ، އުމުރުން 18 އަހަރު ފުރިފައިވާ މެންބަރުންނާއި އަދި ކުލަބު/ޖަމްޢިއްޔާ ތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ އަހަރީ ފީ 13 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަޢް ދައްކާފައިވާ ފުރިހަމަ މެންބަރުންނަށެވެ.

(1) ރައީސް

(2) ނައިބު ރައީސް

(3) ޚަޒާންދާރު

(4) ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ ކުލަބު، ޖަމްޢިއްޔާތަކުން 1 މެންބަރު

(5) ފަރުދީ މެންބަރުންގެ ތެރެއިން 1 (އެކެއް) ފިރިހެން މެންބަރު

(6) އެސޯސިއޭޓް މެންބަރުން ތަމްސީލު ކުރާ 1 މެންބަރު

(7) ފަރުދީ މެންބަރުންގެ ތެރެއިން 1 (އެކެއް) އަންހެން މެންބަރު

 

ފުރިހަމަ މެމްބަރުންގެ ގޮތުގައި ހިމެނޭ ކުލަބު، ޖަމްޢިއްޔާ ފަދަ ފަރާތްތަކުން ހިންގާ ކޮމެޓީގައި ހިމެނުމަށް ހުށަހަޅާނީ އެކުލަބެއްގައި ނުވަތަ ޖަމްޢިއްޔާއެއްގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ ތެރެއިން 1 (އެކެއް) މެންބަރެވެ.

ވީމާ، މިއެސޯސިއޭޝަންގެ މެންބަރުންގެ ތެރެއިން، މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފުރިހަމަ މެންބަރުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކުރިމަތިލައްވާ މަޤާމު ބަޔާންކޮށް، މި އެސޯސިއޭޝަނަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ

އައު ދައުރަކަށް ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭ ޤަވާއިދާއި އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން ފަހުން އިޢުލާނު ކުރެވޭނެއެވެ.

އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ  7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 ޖޫން 2024
ހޯދާ