މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުހިޔާ އަދި އެދުރުވެހި ހުސް ފްލެޓް ތަކާއި އެހެނިހެން ފްލޭޓް މަރާމާތުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެދުރުވެހި އަދި އެދުރުހިޔާ ހުސްވެފައި ވާ ފްލެޓް ތަކާއި އެހެނިހެން ފްލެޓް ތަކުގެ މަރާމާތުމަސައްކަތް

  1. އެދުރުހިޔާ އަދި އެދުރުވެހީގެ ހުސްވެފައިވާ ފްލެޓްތަކާއި އެހެނިހެން ފްލެޓްތަކުގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، މަޢުލޫމާތު ސާފުކޮށްދިނުން 06 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. ޝައުގުވެރިވާ ފަރާތްތަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/v2sXoEDj2QKVoa68A     
  3. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން -/10,000 (ދިހަހާސް) ރުފިޔާ ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 13 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 10:00   ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތައުލީމީ ފަންޑުގެ އިދާރާ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341193 ,3341194  

އީ-މެއިލް:  [email protected]

 ކޮޕީ އީ-މެއިލް: [email protected]

04 ޖޫން 2024
ހޯދާ