ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ވަގުތީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:                އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:          1 (އެކެއް)

މުސާރަ:               ދުވާލަކަށް 198/83 (ސަތޭކަ ނުވަދިހަ އަށްރުފިޔާ، އަށްޑިހަ ތިންލާރި)

ވަޒީފާ އަދާކުރަންޖެހޭ ތަން:    މަކުނުދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ މުއްދަތު:          3 މަސްދުވަސް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ. އެސް. 3 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  5. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 2 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  6. މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު/ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  ޖީ. އެސް. 3 ގެ  ރޭންކުގެ  މަޤާމެއްގައި  ނުވަތަ  އެއަށްވުރެ  މަތީ  ރޭންކަކާ  އެއްފެންވަރުގެ  މަޤާމެއްގައި،  މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއެއްގައި  3 އަހަރު  ދުވަހު  އުޅެ  ތަޖުރިބާ  ލިބިފައިވުން،  ނުވަތަ  މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއެއްގެ  އެ  ފެންވަރުގެ  މަޤާމެއްގައި  މަސައްކަތް  ކުރަމުންދާ  މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލް އިދާރާއަށް ބޭރުން ލިބޭ ތަކެތި ބަލައިގަނެ، އެ ތަކެތި ހުޅުވައި، އެންޓްރީ ސިސްޓަމުގައި ރަޖިސްޓްރީކުރުމާއި، އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. އިދާރާއަށް ހުށަހެޅޭ މައްސަލަތައް ރެކޯޑް ފޮތުގައި ލިޔެ، ދުވަހުން ދުވަހަށް ބެލެހެއްޓުން.
  3. އިދާރާއަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، އިދާރާއިން ބޭރަށް ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ޙާލަތެއްގައި އެ ބޭނުންވާ ސެކްޝަނަކަށް ހޯދައިދީ، ފޮޓޯކޮޕީ ނަގާފައި ހަވާލުކުރުން.
  4. އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ރަނގަޅު މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުން.
  5. ސެކްޝަނަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑްކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި، ފެކްސްކުރަންޖެހޭ ލިޔެކިޔުންތައް ފެކްސްކުރުން.
  6. އިދާރާއަށް އަންނަ މެހްމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  8. މަގުތަކާއި ބަނދަރުމަތި ބެލެހެއްޓުމުގައި އެހީތެރިކަންދިނުން.
  9. ކައުންސިލުން އެކިކަންތައްތަކަށް އެކުލަވައިލާ ޓާސްކްފޯސްތަކުގައި އެހީތެރިކަން ދިނުން.
  10. ލޯކަލް ކައުންސިލް ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނަކަށް ކައުންސިލްތަކަށް ލާޒިމުކުރާ އެންމެހައި ކަންތައްތަކަށް ޢަމަލީގޮތުން އެހީތެރިކަންދިނުން.
  11. ސިޓީ މެސެޖަށް ޖަވާބުދިނުމާއި، ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި:

2015 މޭ 24 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

މަސައްކަތް ކުރަންޖެހޭ ގަޑި:

މި ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތްކުރަންޖެހޭނީ ރަސްމީ ކޮންމެ ދުވަހެއްގެ 8:00 ން 15:00 އަށެވެ. މިގޮތުން  އެއް މަސްދުވަހަށްވުރެ، އިތުރަށް ގެންގުޅެން ބޭނުންވާނަމަ، އެގްރިމެންޓް އާކުރާނެއެވެ.

އިންޓަވިއު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، 2015 މޭ 26 ވާ އަންގާރަ ދުވަހުއެވެ. އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ 6520038 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ