މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމިއުނިޓީ މޮބަލައިޒޭޝަން އައުޓްރީޗް އެންޑް ޖެންޑަރ އެކްސްޕާޓް ފޯރ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް – ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި އޭޝިއަން ޑެވެލޮޕްމަންޓްގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ތިރީގައި ދަންނަވާފައިވާ ކޮންސަލްޓަންޓު ހޯދުމަށްވަނީ ބޭނުންވެފައެވެ.

 

  1. ކޮމިއުނިޓީ މޮބަލައިޒޭޝަން އައުޓްރީޗް އެންޑް ޖެންޑަރ އެކްސްޕާޓް

 

މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ކޮންސަލްޓަންޓް މެނޭޖްމަންޓް ޕޯޓަލްއިން އަދި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މަތީގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ،
  • ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

 

 

 

މި މަގާމުތަކަށް ކަނޑައަޅާފައިވާ އަގު

މި މަޤާމްތަކަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ޓީ.އޯ.އާރގައި ކަނޑައަޅާފައިވާ ޑެލިވަރަބަލްސް ނިންމާ މިންވަރަށް ބަލައި ޕޭމަންޓަ ޝެޑިއުލް އާއި އެއްގޮތަށެވެ.  އަދި މަސައްކަތަށް ދެވޭ ޖުމްލަ އަގު ތިރީގައި އެވަނީއެވެ.

 

ނަންބަރު

މަޤާމުގެ ނަން

ބޭނުންވާ ޢަދަދު

ޖުމަލް އަގު (ރުފިޔާ)

01

ކޮމިއުނިޓީ މޮބަލައިޒޭޝަން އައުޓްރީޗް އެންޑް ޖެންޑަރ އެކްސްޕާޓް

1

360,000

 

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 11 ޖޫން 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

 ފޯނު ނަންބަރު: 3018300

 

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސްކޮށްފައިއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ގްރޭޓަރ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. 

03 ޖޫން 2024
ހޯދާ