މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްP177040

ގްރާންޓް ނަންބަރު : E047-MV

 

މަސައްކަތުގެ ބާވަތް: ދިވެހި ސަރުކާރުން ޤާއިމުކޮށްފައިވާ ޤައުމީ ކޮމްޕިއުޓަރ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީ ބޭނުންކުރަން ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ ނީޑްސް އެސެސްމަންޓާއި ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ފަރމެއް ހޯދުން.

 

MV-MOECCT-DMADD-429373-CS-QCBS: ރިފަރެންސް ނަންބަރު

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް 2024 މެއި 29 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު (IUL)438-DMADD/438/2024/212 އިއުލާނަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"  ހުށަހެޅުމުގެ މުއްދަތު 2024 ޖޫން 22 ވަނަ ދުވަހުގެ 11:00ގެ ނިޔަލަށް އިތުރު ކޮށްފައިވާކަން ދެންނެވީމެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖޫން 22 ވަނަ ދުވަހުގެ  11:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

[email protected]އީމެއިލް:

ވެބްސައިޓް: www.environment.gov.mv

ފޯނު ނަންބަރު: +(960)330-2253

 

03 ޖޫން 2024
ހޯދާ