ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
FIVB Coaches Course Level-1 އަށް 2 ބައިވެރިން ހޯދުމާއި ގުޅޭ

ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމުގެ މަގްސަދުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން، 2024 ޖުލައި 27 އިން ފެށިގެން 31ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ FIVB Coaches Course Level-1 އަށް މިއިދާރާއިން 2(ދޭއް) ފަރާތަކަށް ކޯސްފީ ދެއްކުމަށް ކައުންސިލުގެ 2024 ވަނަ އަހަރުގެ 19 ވަނަ އާއްމުޖަލްސާއިން ވަނީ ނިންމާފައެވެ.

ވީމާ، މިދެންނެވިފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފާރާތްތަކުން މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯރމް ފުރުއްވުމަށްފަހު ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޝަރުތު ހަމަވާ 2 ފަރާތަށްވުރެން ގިނަފަރާތްތަކުން ފޯމު ހުށަހަޅުއްވާފައިވާނަމަ ދެފަރާތް ހޮވާނީ ގުރުއަތުންނެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ފޯނު ނަންބަރ 4002625 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

26 ޛުލްޤައިދާ 1445

03 ޖޫން 2024    

03 ޖޫން 2024
ހޯދާ