ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގަން ވިޔަފާރި އުޞޫލުން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން:

ގދ.ގަން ވިޔަފާރި އުޞޫލުން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން:

          ގދ.ގަމަކީ ގައްދޫގެ އިޚުތިޞާސް ކަމަށް ކަނޑައަޅާފައިވާ ރަށަކަށްވާއިރު އެރަށުގެ ލޭންޑް ޔޫސްޕްލޭން ހެދުމާއި ހަމަޔަށް ވިޔަފާރި އުޞޫލުން އެރަށް ބެލެހެއްޓުމަށްޓަކައި އެކަމަށް އެދިލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ވިޔަފާރި އުޞޫލުން ގަން ބެލެހެއްޓުމަށް ދޫކުރާ މުއްދަތަކީ 05 އަހަރު ދުވަހެވެ. ގަން ބެލެހެއްޓުމުގައި ޙަވާލުވާފާރާތަކުން ގަން ބަލަހައްޓަން ވާނީ ގަމުން ނަފާ ހޯދައިގެންނެވެ. ގަން ބެލެހެއްޓުމަށް ހަވާލުވެލައްވާފަރާތަކުން ގައްދޫގެ އެއްވެސް ރައްޔިތަކު އަތުން އެއްވެސް ވަރެއްގެ ފީއެއް ނަގައިގެންނުވާނެއެވެ. ނަމަވެސް ބިދޭސީ ފަރާތްތަކުން ގަމަށް އަރާނަމަ ރަމްޒީގޮތުގައި 01 ޑޮލަރަށްވުރެ ބޮޑުނޫން ޢަދަދެއްގެ ފީއެއް ނެގިދާނެއެވެ. މީގެ އިތުރުން ގައްދޫގެ ރައްޔިތުން މިހާރުވެސް ގަމުގައި ހައްދާފައިވާ ދަނޑުބިންތަކާއި، އެދަނޑުބިންތަކާއި އިންވެގެން ހައްދާފައިވާ އެކިއެކި ބާވަތްބާވަތުގެ ގޮވާމްތަކަކީ އެތަކެތި ހެއްދިފަރާތުގެ ތަކެތި ކަމަށާއި،ގަން ބެލެހެއްޓުމަށް ޙަވާލުވާ ފާރާތުން އެތަކެތީގެ ބޭނުން ކޮށްގެންނުވާނެއެވެ. އެހެންނަމަވެސް މި ދެންނެވި ތަންތަން ފިޔަވައި ގަމުގެ އެނޫން ސަރަޙައްދުތަކުގައިހުރި ރުއްގަސްތަކާއި އެހެނިހެންތަންތަނުގެ ބޭނުން ގަންބެލެހެއްޓުމާއި ހަވާލުވާފާރާތުން ނަފާހޯދުމަށް ބޭނުންކުރެވޭނެއެވެ. ނަމަވެސް ސަރުކާރުން މަނާކޮށްފައިވާ އެއްވެސް އެއްޗެއްގެ ބޭނުންކުރަންވާނީ ސަރުކާރުގެ ކަމާއިބެހޭފާރާތްތަކުން ނަންގަވަންޖެހޭ

 

ހުއްދަ ހޯއްދެވުމަށްފަހުގައެވެ. އަދި ގަން ބެލެހެއްޓުމަށް ޙަވާލުވާ ފަރާތުން ޕިކްނިކް އޭރިޔާގެ ގޮތުގައި ބޭނުންކުރާ ސަރަހައްދު މި އިދާރާގެ މަޝްވަރާގެމަތިން ސާފުކޮށް ތަރައްޤީކުރައްވަން މަސައްކަތްކުރަންވާނެއެވެ.

        ޥީމާ، މަތީގައި ދެންނެވިގޮތުގެމަތިން ގަން ބެލެހެއްޓުން ޙަވާލުވުމަށް އެދިލައްވާ ފަރާތްތަކުން މިއިދާރައަށް ހުށަހެޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖޫން 2024
ހޯދާ