މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އިސްލާމިކް ފައިނޭންޝަލް އެގްޒެކެޓިވް

މިނިސްޓްރީ އޮފް ފިނޭންސް އިން ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި، އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް މިނިސްޓްރީގައި ކުރިއަށް ގެންދިއުމަށްޓަކައި އާއި މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅިގެން އިސްލާމީ ބޭންކިންގ އާއި މާލީ އިދާރާތަކަށާއި އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ޚާއްޞަކޮށް ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ފޯރުކޮށްދިނުމަށްޓަކައި ކޮންޓްރެކްޓް މުވައްޒަފެއް ނެގުމަށް ބޭނުންވެއެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މާލީ ވުޒާރާ

އަމީނީމަގު، މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected],

02 ޖޫން 2024
ހޯދާ