ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި ގޯއްޗާ އިންވެގެން އޮންނަ މަގުތައް ސާފުކުރުމާގުޅޭ

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި ދޫކުރާއިރު، ގޯތިތެރެއާއި ގޯއްޗާ އިންވެގެން އޮންނަ މަގުތައް ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓަންވާނެކަމަށް ޝަރުތުކުރެވިފައި ވީނަމަވެސް، މިގޮތަށް ދޫކުރެވިފައިވާ ގޯތިތަކުގެ އެތެރެއާއި ގޯއްޗާ އިންވެގެން އޮންނަ މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބަލަހައްޓަމުން ނުދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ސާފުކޮށް ބަލަހައްޓަމުން ނުދާ ފަރާތްތަކަށް ސާފުކުރުމަށްޓަކައި 1 މަސްދުވަހުގެ މުއްދަތެއް ދިނުމަށް މި ކައުންސިލްގެ 4ވަނަ ދައުރުގެ 110ވަނަ ޖަލްސާއިންވަނީ ނިންމާފައެވެ.

ވީމާ، ނޭކުރެންދޫއިން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަގޯތިތަކުގެ ގޯތިތެރެއާއި އިންވެގެން އޮންނަ މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބަލަހައްޓަމުން ނުދާ ފަރާތްތަކުން 03 ޖުލައި 2024ވާ ބުދަދުވަހުގެ ކުރިން ސާފުކުރުމަށް އެ ގޯތިތަކުގެ ވެރިފަރާތްތަކަށް އަންގަމެވެ.

03 ޖޫން 2024
ހޯދާ