ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ރަށުގައި  އަލަށް  ޢިމާރާތްކޮށް  ނިމިފައިހުރި  މިސްކިތަށް  އިމާމްކަމުގެ  މަޤާމަށް  މީހަކު ހޯދުމަށްޓަކައި  9 އެޕްރީލް 2015 ގައި މި  އިދާރާއިން  ކުރި IUL)A/390/2015/16)  ނަންބަރު  އިޢުލާނާ  ގުޅިގެން  އެއްވެސް  ފަރާތަކުން  އެ  މަޤާމަށް  ކުރިމަތިލާފައިނުވާތީ،  އެ  އިޢުލާން  ބާޠިލްކުރުމަށްފަހު،  އަލުން  އެ  މަޤާމަށް  ކުރިމަތިލުމުގެ  ފުރުޞަތު  ހުޅުވައިލަމެވެ.        

މަޤާމް:                     އިމާމް

މަޤާމުގެ ރޭންކު:               ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:          އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ

ސެކްޝަން:                  -

ވަޒީފާ އަދާކުރަންޖެހޭތަން:          ކޮޅުމަޑުލު ގާދިއްފުށީގައި އަލަށް އިމާރާތްކުރެވިފައިވާ މިސްކިތް، ތ. ގާދިއްފުށި

ބޭނުންވާ އަދަދު:               1 (އެކެއް)

މުސާރަ:                    މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:           މަހަކު -/1،500 ރުފިޔާ

މަޤާމުގެ ޝަރުތުތައް

1. މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

2. ކަތީބުކަމުގެ ސަނަދުލިބިފައިވުން. ނުވަތަ؛

3. ކުއްލިޔަތުއްދިރާސަތިލް އިސްލާމިއްޔާގެ (މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ) ޘާނަވީ ދެވަނަ އަހަރު ނިންމައި، ޤުރްއާން، ފިޤުހު، ތަޖުވީދު، މި 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ؛

4. މޯލްޑިވްސް އެކުރެޑިޓޭޝަން ބޯޑު ގަބޫލުކުރައްވާ އިސްލާމީ ކުއްލިއާއަކުން ނުވަތަ ދީނީ މަޢުހަދަކުން ޘާނަވީ ދެވަނަ އަހަރު ނިންމައި، ޤުރްއާން، ފިޤުހު، ތަޖުވީދު، މި 3 މާއްދާއިން ފާސްވެފައިވުން.                               

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:   

1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓުގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމަށްފަހު، ނަމާދު ވަގުތު ޖެހުމުން ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން. 

2. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވައިދުން ރަށު ކައުންސިލަށް އަންގަވަމުން ގެންދިއުން.

3. މިސްކިތު މަސައްކަތުމީހާ ޗުއްޓީނަގައިގެން ހުންނަ ދުވަސްތަކުގައި ނުވަތަ ބަލިވެ ސަލާމްގައި ހުންނަ ދުވަސްތަކުގައި، ރަށު ކައުންސިލުން ހަމަޖައްސަވާ އުސޫލެއްގެމަތިން މިސްކިތުގެ ވަޅު ދިޔަހިއްކުމާއި، މިސްކިތާއި މިސްކިތުގޯތިތެރެ ވިނަނޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ސާފުކޮށް ބެލެހެއްޓުން ( މީގެ ތެރޭގައި، މިސްކިތު ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތަކެއް ނުހިމެނެއެވެ.)

4. ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއް، ރަށުގެ ވެރިން އަންގަވާގޮތަށް ފަރުވާތެރިކަމާއެކު ކުރުން.

5. މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް، ކައުންސިލުން ނުވަތަ ރަށުގެވެރިން އަންގަވައިފި ހިނދެއްގައި ކުރުން.

6. މީގެ އިތުރުން، މުދިމުން ކުރަންޖެހޭ، މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ އިތުރުން، އެކަންކަމަށް ދަތިނުވާނޭހެން ކައުންސިލުން އަންގަވާ ކަންތައްތައް ކޮށްދިނުމާއި ކުރުން.

7. މިސްކިތުގެ މަސައްކަތުމީހާ ގަޑިން ގަޑިއަށް މިސްކިތަށްއައިސް މިސްކިތް ސާފުކުރޭތޯ ބެލުމާއި، މަސައްކަތުމީހާ ފަރުވާކުޑަކުރާނަމަ، ރަށު ކައުންސިލްގެ އިދާރާއަށް ޤަވައިދުން އެކަން އެންގުން.

8. ރަމަޟާންމަހު، މިސްކިތުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރުން.     

9. ޢީދު ނަމާދާއި، ކޭތަ ނަމާދު އިމާމުވެ ކުރުން.

10. މިސްކިތު އިމާމަކު ރަށު ކައުންސިލް އިދާރާއަށް ނުކުމެ ސޮއިކޮށްފައިވަނިކޮށް، ހަމައެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، އެދުވަހުގެ ބާކީއޮތް ބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށްފައިވާ އިމާމްމީހާގެ ޒިންމާއެކެވެ. މިހެން ދިމާވެގެން ހަވާލުކުރާ އިމާމަކީ، ތަޖްވީދުމަގުން ޤުރްއާން ކިޔަވަން އެނގޭ މީހަކަށްވުމާއި، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކުކަމުގައި ވާންޖެހޭނެއެވެ. އަދި މިކަން ރަށުކައުންސިލް އިދާރާއަށްވެސް ވާނެއެވެ.

11. ވަގުތީގޮތުން މިސްކިތްތަކާ ހަވާލުވެފައިވާ އިމާމުން ރަސްމީ ދުވަސްތަކުގައި 13:30 ގެ ކުރިން ސޮއިކުރަންވާނެއެވެ.

12. މިސްކިތް ހަވާލުވެފައިވާ މުއްދަތުގެ ތެރޭގައި ރަށު ކައުންސިލް އިދާރާއަށް އެންގެވުމަކާނުލައި ބަންގި ގޮވަން މިސްކިތަށް ހާޒިރުނުވާ ކޮންމެ ނަމާދު ވަގުތަކަށް އެދުވަހުގެ މުސާރައާއި ސަރވިސް އެލަވަންސްގެ ފަސްބައިކުޅަ އެއްބައި ކަނޑައިލެވޭނެއެވެ.

13. މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތުގެ އިމާމް/މުދިމް މިސްކިތްތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި، ފަންކާފަދަ ތަކެތި ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

14. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.      

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން

- ލިބިފައިވާ ހުނަރަށް ބަލައިގެން

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 މޭ 25 ވާ ހޯމަ ދުވަހުގެ 13:00 ގައި، ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

އުޖޫރައާއި އިނާޔަތްތައް:  

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަނާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު އެލަވަންސް ލިބޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލް އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780035 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.     

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

18 ރަޖަބު 1436

07 މޭ 2015
ހޯދާ