ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަޕޯޓް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ސަޕޯޓް އެސިސްޓެންޓް

މަޤާމް:

ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

4

މުސާރަ:  

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުން އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން. ނުވަތަ؛
  • މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މީލާދީ ގޮތުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ސްޓެލްކޯ ބައްދަލުވުންތަކަށް ސައި، ކޮފީ ތައްޔާރުކުރުން.
  • ސްޓެލްކޯގެ ސައި ކޮޓަރިތައް ސާފުތާހިރުކޮށް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި އެނޫންވެސް މަސައްކަތާއި ގުޅުން ހުރި ކަންކަން ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

05 ޖޫން 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 05 ޖޫން 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

25 ޛުލްޤަޢިދާ 1445

02 ޖޫން 2024

02 ޖޫން 2024
ހޯދާ