ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްދޫ ސްކޫލުގައި ކައުންސިލުން ޢިމާރާތްކުރާ ފާޚާނަ ބަރީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިސްދޫ ސްކޫލުގައި މިކައުންސިލުން ޢިމާރާތްކުރާ ފާޚާނަ ބަރީގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ މިކައުންސިލްގެ ނަންބަރ (IUL)395-C/395/2024/54 (21 މޭ 2024) އިޢުލާންނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު، އެކަމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

  

      އިސްދޫ ސްކޫލުގައި މިކައުންސިލުން ޢިމާރާތްކުރާ ފާޚާނަ ބަރީގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު މިއިޢުލާނާއެކު ވާނީ ގެޒެޓްކުރެވިފައެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.   

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު

ހުށަހެޅުން

 

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

ހޯމަ

10 ޖޫން 2024

11:30

 

           ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

02 ޖޫން 2024
ހޯދާ