ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތަކާގުޅޭ

އިޢްލާން

1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރުތަކާގުޅޭ

1445 ވަނަ އަހަރުގެ އަޟްޙާޢީދު ދ.މާއެނބޫދޫގައި ފާހަގަ ކުރުމުގެ ގޮތުން، އެކިކަހަލަ ކުޅިވަރު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ކުލަބު ޖަމިއްޔާތަކަށާއި، ޢާއްމު ފަރާތްތަކަށް އެފުރުޞަތު ޢާއްމުކޮށް ހުޅުވާ ލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، 1445 ވަނަ އަހަރުގެ އަޟްޙާޢީދުގައި އެއްވެސް ކުޅިވަރު ޕްރޮގްރާމެއް ރަށުގައި ހިންގަން ބޭނުންވާ  ފަރާތެއްވާނަމަ 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހިންގަން ބޭނުންވާ ކުޅިވަރު ޕްރޮގްރާމްގެ މަޢުލޫމާތާއި، ކުޅިވަރުތައް އަމާޒު ކުރެވިފައިވާ ފަރާތްތައް އެނގޭނެ ގޮތައް ލިޔުމުން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

02 ޖޫން 2024
ހޯދާ