އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ އީދި ސަމާ 1445 މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާއިލީ ހަވީރުގެ ވައު ދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

 

އައްޑޫ އީދި ސަމާ 1445 –  މީދޫ ގައި  ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާއިލީ ހަވީރުގެ ވައު ދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

 

1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން، "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން، 2024 ޖޫން 17 ވަނަ ދުވަހު މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އާއިލީ ހަވީރު" ގައި  ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވައު ދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ. ދެ ޖިންސްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ފުރުސަތު ހުޅުވާލެވިފައިވާ މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި މީދޫ އަވަށުގައި ޤާއިމްވެފައިވާ ސަރުކާރުގެ އޮފީސްތަކަށާއި، މުއައްސަސާތަކަށާއި، ޖަމްޢިއްޔާ، ޖަމާޢަތްތަކަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މީދޫ އަވަށު އޮފީހުން އަދި މިއޮފީހުގެ ރަސްމީ  ފޭސްބުކް  ޕޭޖްއިން ޑައުންލޯންޑް ކުރެވެން ހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:00 ގެ ކުރިންނެވެ. މި މުބާރާތުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީދޫ އަވަށު އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު  08:00 އިން މެންދުރު 02:00 އަށެވެ.

25 ޛުލްޤަޢިދާ 1445

02 ޖޫން   2024

02 ޖޫން 2024
ހޯދާ