މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރުމިސްކިތުގެ ދެފަރާތުގެ ދޮރުމަތި ހިޔާކޮށްދެއްވާނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިރަށު ހުކުރު މިސްކިތް މަސްޖިދުލްޙަޟާރަތުގެ ވުޟޫކުރާބައިގެ ޓިނު ބަދަކުރުމާއި އަދި މިސްކިތުގެ ދެފަރާތުގެ ދޮރުމަތި ހިޔާކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 މޭ 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 މޭ 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

21 ރަޖަބު 1436

10 މޭ 2015
ހޯދާ