މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޖޫނިއަރ ޗެމްޕިއަންޝިޕް 2024 – އެކަޑެމީ އެޑިޝަން (13 އަހަރުންދަށް، އަންހެން/ފިރިހެން)

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 23 ޖޫން 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޖޫނިއަރ ޗެމްޕިއަންޝިޕް 2024 – އެކަޑެމީ އެޑިޝަން (13 އަހަރުންދަށް)" ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބާސްކެޓްބޯޅަ އެކަޑަމީ ތަކުން 16 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވާ ކެޓަގަރީ އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 18 ޖޫން 2024 ވާ އަންގާރ ދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލްކޮށް ދެއްވުން އެދެމެވެ.

ސްކޫލްތަކުން ބައިވެރިވާކަމުގެ ލިޔުން އަދި ޓީމްލިސްޓް އީމެއިލްކޮށް ދެއްވާނީ [email protected] އަށެވެ.

އުމުރުފުރާ ތަފްސީލް:

  • 13 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2024 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 14 އަހަރު ނުފުރޭ ކުދިން

 

02 ޖޫން 2024
ހޯދާ