މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ކާށިދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިން އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުން

މިރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވުމާއި ގުޅިގެން، ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް މިކައުންސިލުންވަނީ ފަށާފައެވެ. މިގޮތުން އާންމު ރައްޔިތުންނަށް ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ކުރިން ނަގަމުން އައި އަކަފޫޓަކަށް 25.00 (ފަންސަވިސް ރުފިޔާ) ގެ ބަދަލުގައި މިހާރު ކައުންސިލުން ފާސްކޮށްފައިވަނީ އަކަފޫޓަކަށް 80.00 (އަށްޑިހަ ރުފިޔާ) އެވެ. މިބަދަލު ތަންފީޒުކުރުމަށް 21 މެއި 2024 ވީ އަންގާރަ ދުވަހު ބޭއްވުނު މިކައުންސިލުގެ 4 ވަނަ ދައުރުގެ 96 ވަނަ އާއްމު ޖަލްސާއިން ކަނޑައަޅާފައިވަނީ 21 މެއި 2024 އިން ފެށިގެން 3 (ތިނެއް) މަސްދުވަސް ފަހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލު ކުރުމުގެ އަގަށް މިގެނެވުނު ބަދަލު ތަންފީޒުކުރުމަށެވެ.

 ވީމާ، 21 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން މާލެ އަތޮޅު ކާށިދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ބިން އަމިއްލަ ކުރުމުގެ އަގުގެ ގޮތުގައި ދައްކަންޖެހޭނީ އަކަފޫޓަކަށް 80.00 (އަށްޑިހަ ރުފިޔާ) އެވެ.  

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ޖޫން 2024
ހޯދާ