ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޕޯޓަބަލް އެއަރކޫލަރ 10 ދުވަހަށް ކުއްޔަށް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕޯޓަބަލް އެއަރކޫލަރ 10 ދުވަހަށް ކުއްޔަށް ހޯދުން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ސަލްމާން މިސްކިތުގެ 2 ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާތީ 2 ހޯލާއި އޮފީސް މުވައްޒަފުން އިދާރީ މަސައްކަތް ކުރާބައި ފިނިކުރުމަށް ބޭނުންވާ ޕޯޓަބަލް އެއަރކޫލަރ 10 ދުވަހަށް ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖޫން 04 ވާ އަންގާރަ ދުވަހުގެ 10:30 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2024 ޖޫން 12 ވާ ބުދަ ދުވަހުގެ 13:30 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި " ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ޕޯޓަބަލް އެއަރކޫލަރ 10 ދުވަހަށް ކުއްޔަށް ދިނުމުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

އީ-މެއިލް: [email protected]

02 ޖޫން 2024
ހޯދާ