ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް ޑޮކިޔުމަންޓަށް ގެނެވޭ 1 ވަނަ އިސްލާހު

އިއުލާނު

 ބިޑް ޑޮކިއުމަންޓަށް ގެނެވޭ 1 ވަނަ އިސްލާހު

ބީލަމުގެނަން: ލ. މާވަށު ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުން.

ބީލަން ނަންބަރު: 400/PROJ/2024/05

އިއުލާނު ނަމްބަރު: (IUL)400/PRIV/2024/6

އިއުލާނުގެ ވަނަ: 01

ލ. މާވަށު ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމުގެ، މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އާއްމު ކުރެވިފައިވާ ބީލަންފޮތަށް ތިރީގައިވާ އިސްލާހު ވަނީ ގެނެވިފައެވެ.

 

ބީލަމުގެ މައުލޫމާތު

ޕްރޮޖެކްޓުގެ ނަން:

ލ. މާވަށު ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުން.

ޕްރޮޖެކްޓު ނަންބަރު:

400/PROJ/2024/05

އިޢުލާން ނަންބަރ:

(IUL)400/PRIV/2024/06

އިޢުލާންގެ ތާރީޚް:

23 މެއި 2024

އިޢުލާންގެ ވަނަ:

( 1 ވަނަ އިޢުލާން )

އިސްލާހް-1

  • ބީލަންފޮތުގެ ޝެކްޝަން 6، އެނެކުސް-2، 2 ވަނަބައިގެ، 2.8 އަށް އިތުރު ޕޮއިންޓެއް އިތުރުކުރުން.
  • 2.8.7 - އަދި މިނޫނަސް އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނީޒާމްތަކުގައި ބޭނުންކުރުމަށް، މޯލްޑިވުސް އެނާޖީ އޮތޯރިޓީން ހުއްދަކުރާ، އަދި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމުތައް ނެޓްމީޓަރިންގެ އުޞޫލުން ފެނަކައިގެ ކަރަންޓް ވިއުގައަށް ގުޅުމުގައި އަމަލުކުރާ އުޞޫލް (ނަންބަރު: FNK-P39) އަށް ފެތޭ، ރާއްޖޭގެ މާހަލުލުގައި މިބާވަތުގެ ޕްރޮޖެކްޓްތަކުގައި ބޭނުންކޮށް އިތުބާރު ލިބިފައިވާ ބްރޭންޑްތަކުގެ އިންވާޓާރ ގަބޫލްކުރެވޭނެއެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

2024 ޖޫން 03 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2024 ޖޫން 04 ވާ އަންގާރަ ދުވަހު 13:30 އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލ. މާވަށު ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2024 ޖޫން 04 ވާ އަންގާރަ ދުވަހު 13:30 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

  • މި ބީލަމާއި ގުޅެގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނަށެވެ.
  • އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،
30 މޭ 2024
ހޯދާ