ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސަރވިސްކުރުމާއި 01 އެއަރކޮންޑިޝަން ހަރުކުރުމަށް

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގައި މިހާރުހުރި އެއަރކޮންޑިޝަންތައް ސަރވިސްކުރުމާއި 01 އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 މޭ 2015 ދުވަހުގެ 11:15 އަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 މޭ 2015 ދުވަހުގެ 11:15 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ