ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
"ހިޔަލަ ވީކެންޑް މާކެޓު" ގައި ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު

މި އިޢުލާންވަނީ 03 ޖޫން 2024 09:36 ގައި ބާތިލް ކުރެވިފައެވެ.


މި ކޯޕަރޭޝަނުން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި "ހިޔަލަ ވީކެންޑް މާކެޓު" ގެ ނަމުގައި ޤާއިމުކޮށްފައިވާ ކިއޮސްކުތަކުގައި ދިވެހި ކުދި އަދި މެދު ފަންތީގެ އަންހެން ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް ކިއޮސްކުތަށް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވައިލުން.

އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކޭނެ މަގުފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމުގެ މަތިން މި ކޯޕަރޭޝަނުން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައ މަ ގާއިމުކޮށްފައިވާ "ހިޔަލަ ވީކެންޑް މާކެޓު" ގެ ކިއޮސްކުތަށް ކުއްޔަށް ހިފުމަށް އެދި އެޕްލިކޭޝަން ހުށަހަޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މި ކިއޮސްކުތައް މެދުވެރިކޮށް ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ އިތުރު ފުރުސަތުތައް ފަހިވެ، ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި ހުޅުވައިލެވުނު ފުރުސަތާއެކު "ހިޔަލަ ވީކެންޑް މާކެޓު" ގެ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 6 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ހުށަހެޅުންވުން އެދެމެވެ.

https://forms.office.com/r/Qf0Px8LzfM

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި އިޢުލާނާއިއެކު ހުށަހެޅިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން އަދި [email protected]  އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

30 މޭ 2024
ހޯދާ