މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމް (ޕޫލް - ވޭޖް އެމްޕޮލޯއިމަންޓް)

އިޢުލާނު

 

މަޤާމު:

އިމާމު / މުދިމް (ޕޫލް - ވޭޖް އެމްޕޮލޯއިމަންޓް)

ބޭނުންވާ އަދަދު:

03 (ތިނެއް)

މަޤާމު އޮތް އޮފީސް:

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސާވިސް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މިސްކިތްތައް

މުއްދަތު:

އެގްރީމަންޓްގައި ސޮއި ކުރެވޭ ތާރީޚުން ފެށިގެން 1 އަހަރު

މަޤާމުގެ ޝަރުތުތައް:

އިމާމް- އިމާމުކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މުދިމް- ޤުރުއާން ރީއްޗަށް ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ވަގުތުގައި ބަންގިދިނުމާއި އިމާމްވެ ނަމާދުކުރުން.
  2. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  3. މިސްކިތުގެ ސާފްތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
  6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައިހުރިތޯ ބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާއެލިއުމެއް ނައްތާލުން.
  7. މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާއެލިއުމެއް ނައްތާލުން.
  8. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމްދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ހަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަންއުޅޭކަން އެނގިއްޖެނަމަ މިސްކިތްތަކާބެހޭ ސެކްޝަންގެ އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
  9. މިސްކިތުގެ އިމާމު އޮފީހަށް ނުކުމެ ސޮއިކޮށްފައި ވަނިކޮށް، ހަމައެދުވަހު އިމާމަށްކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ އެދުވަހުގެ ބާކީއޮތް ބަޔަކަށް މިސްކިތަށް މީހަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށް ފައިވާ އިމާމްގެ ޒިންމާއެކެވެ. މިގޮތަށް ހަވާލުކުރައްވާ މީހަކީ ތަޖުވީދުމަގުން ޤްރުއާން ކިޔަވަން އެނގޭ މީހަކަށްވުމާއި ރީތިކޮށް ބަންގިދޭން އެނގޭމީހަކަށް ވާންވާނެއެވެ. އަދި މިކަން އޮފީހަށްވެސް އެންގުން.
  10. އޮފީހުންއަންގައިފިހިނދެއްގައި ކޭތަނަމާދާއި،އީދުނަމާދާއި،ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމްވެކުރުން.

        11. މިނިސްޓްރީން ހުއްދަލިބިގެން މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ،             އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.

        12 .މިސްކިތްތަކާބެހޭގޮތުންރައްޔިތުންކުރާޝަކްވާގެއަޑުއަހާ އެޝަކުވާތައް އޮފީހަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.

       13. ކަށުކަމާކެމީގެ ކަންތައްކުރުން (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުން އެދިއްޖެ ހާލަތެއްގައި)

  1. ރަސްމީ މަސައްކަތާއި ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށައެޅުއްވުންއެދެމެވެ. އަދި ފޯމާއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6582701 ފޯނާއި ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

22 ޛުލްޤައިދާ  1445ހ

30 މެއި  2024މ

30 މޭ 2024
ހޯދާ