ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
4 ކުލާސްރޫމްގެ 2 ބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް

         މިސްކޫލްގައި ހަދަމުންދާ 4 ކުލާސްރޫމްގެ 2 ބުރި އިމާރާތުގެ ނުނިމިހުރި ތިރީގައި މިދަންނަވާ މަސައްކަތްތައްކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

-         މަލްޓިމީޑިއާ ނެޓްވޯރކް ކޭބަލް އެޅުން

-         އިމާރާތުގައި ކުލަލާނުނިމި ހުރި ތަންތާގައި ކުލަލުން

-         އިމާރާތުގައި ނުނިމި ހުރި ބައެއް ސިމެންތި މަސައްކަތް ކުރުން (އިމާރާތުގެ އެތެރެ އަދި ބޭރުގެ ސިމެންތި އެއްވަރުނުވެ ހުރި ތަންތާގައި ސިމެންތި އަޅާ އެއްވަރުކުރުން)

-         ޖަންގުޝަނުގެ މަތިގަނޑު އެޅުން

-         ސޮކެޓް، ލައިޓް، ސުވިޗް، މޫނުދޮންނަ ތަށި، ފާހާނަ ތަށި، ސީލިންގ ފަންކާ އަދި އިންޓަރނެޓް ޕްލަގް، މިތަކެތި ހަރުކުރުން.

         ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 03 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖޫން 2024 ވާ ބުރާސްފަތި  ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ކޮންމެ މަސައްކަތަކަށް ވަކިންނެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

30 މޭ 2024
ހޯދާ