އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ޢަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ ހަންޏާމީދޫގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމްއިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ހަންޏާމީދޫގައި ފާހަގަކުރުމަށް ޝައުޤުވެރިވާ ކުލަބް ޖަމްއިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިފައެވެ.

ހުށައަޅުއްވާ ޕްރޮޕޯސަލްގައި ޢީދުގައި ކުޅޭނެ ކުޅިވަރުތަކާއި، ކުލަބް ޖަމްއިއްޔާއިން ކުރައްވާނެ ޚަރަދުތަކާއި އަދި އަގެއް ނުނަގައި ކުރިއަށް ގެންދާނެ ހަރަކާތްތައްވެސް ހިމަނަންވާނެއެވެ. މީގެއިތުރުން، މުޅިރައްޔިތުން ގުޅިގެން ކުރިއަށް ގެންދާނެ ހަރަކާތްތަކާއި އަދި ޢީދުކުޅިވަރުތައް ދިރުވާ އާލާކުރުމުގެ ގޮތުން ކުރާނެ މަސައްކަތްތައްވެސް ހިމަނަންވާނެއެވެ. ޢީދު ފާހަގަކުރުމުގެ ގޮތުން ޕްރޮޕޯސަލް ހުށައަޅާ ކޮންމެ ޖަމްއިއްޔާއަކަށް ކައުންސިލުން ބަލާ މިންގަނޑުތަކަށް ފެތޭނަމަ -/8،000 ރުފިޔާގެ ގްރާންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ރަށުގައި އުފެދިފައިވާ ހުރިހާ ޖަމްއިއްޔާތައް ގުޅިގެން އެއް ޕްރޮޕޯސަލް ހުށައަޅާނަމަ މިކައުންސިލުން ބަލަންޖެހޭ ކަންކަމަށް ބަލައި -/20،000 ރުފިޔާގެ ގްރާންޓެއް ދެވޭނެއެވެ

ވީމާ، ހަންޏާމީދޫ އެއްވެސް ކުލަބް ޖަމްއިއްޔާއަކުން ނުވަތަ ހުރިހާ ޖަމްއިއްޔާތައް ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބޭނުންފުޅުވާމަނަ 05 ޖޫން 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ޕްރޮޕޯސަލް އީމެއިލް ކުރެއްވުން އެދެމެވެ.

މިއިޢުލާނާއެކު ޕްރޮޕޯސަލްގައި ހިމަނަން ބޭނުންވާ މައިގަނޑު ބައިތައް ހިމެނޭ ކަރުދާހެއް ގެޒެޓްކުރެވަފައި ވާނެއެވެ.

މިކަމަށް ސައުގުވެރިވާ ފަރާތްތަކުން ޕުރޮޕޯސަލް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6680056 ފޯނަށް ގުޅައިގެން ނުވަތަ ކައުންސިލަށް ދުރުވެ އެކަމެއް ސާފުކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ހުށަހަޅާ ޕްރޮޕޯސަލްގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް

  1. އަޟްޙާ ޢީދުގެ ހަރަކާތްތައް 3 ދުވަހަށް ބަހާލާއިގެން ދުވާލާއި ރޭގަނޑު ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލާއި އޭގެ ތަފްޟީލް ހިމެނުން.
  2. އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކަށް ބަލައި ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ބަޖެޓްގެ ތަފްޟީލް ހިމެނުން.
  3. ޖަމްއިއްޔާގެ ފަރާތުން ކުރައްވާނެ ޚަރަދުތަކުގެ ތަފްޟީލާއި، އަގެއް ނުނަގާ ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ތަފްޟީލް ހިމެނުން.
  4. އަޟްޙާ ޢީދު ފާހަގަކުރުމުގައި ދިވެހީންގެ ސަގާފަތާއި ގުޅޭ ޢީދު ކުޅިވަރުތައް ހިމަނާފައިވުން.
  5. ކުޑަކުދިންނަށް ޙާއްޞަ ކުރެވިގެން ކުރިއަށް ގެންދާނެ ހަރަކާތެއް ހިމެނުން.
  6. އިސްރަށްވެހިންނާއި، ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެފަދަ ކުޅިވަރުތައް ހިމެނުން.
  7. ޕްރޮޕޯސަލްގައި ހިމަނަން ބޭނުންވާ އެހެނިހެން ކަންކަން ހިމެނުން

 

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކައުންސިލްގެ ފަރާތުން ހިންގާނެ ހަރަކާތްތަކުގެ މަޢުލޫމާތު

  1. ބޮޑުޖަމާޢަތުގައި ޢީދު ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން
  2. ޢީދު ނަމާދަށްފަހު ރައްޔިތުންގެ ޢީދު ސައިގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން
  3. ޢީދު ކޭމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުން

 

30 މޭ 2024
ހޯދާ