ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ކުޅިވަރު ހަރަކާތްތަކަށް ޕްރޮޕޯޝަލް ހުށަހެޅުމާގުޅޭ

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ރަށުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން ޝައުޤުވެރިވާ ކްލަބް ޖަމިއްޔާއެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރަޕޯސަލް ހުށަހެޅުމަށްވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. މިކަމަށް ބޭނުންވާނޭ މަޢުލޫމާތާއި ގުޅޭ ލިޔުންތައް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،  03ޖޫން 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

 

 

  • މި މަސައްކަތުގައި ބައިވެރިވެލެއްވޭނީ، ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.

ބީލަން ހުށައެޅުން

 

  • ޕްރޮޕޯސަލް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

 

            އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންވެލައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުމަށް ނުވަތަ 9123824 އަށް ގުޅުއްވުމުން ސާފުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

30 މޭ 2024
ހޯދާ