މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބައެއް ރުއްތައް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ:

 (IUL)307/INDIV/2024/57:ނަންބަރު   

މިކައުންސިލް ބެލުމުގެ ދަށުގައި ހުރި ބައެއް ރުއްގަސް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނީލަން އުސޫލުން ދޫކޮށްލުމަށް ކުރެވުނު ނަންބަރު: (IUL)307/INDIV/2024/57 (02 މެއި 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.

ކައުންސިލް އިދާރާގެ ކުރިމަތީގައި ހުރި ރުކުން ފެށިގެން އެސް.ޓީ.އޯ ފާމަސީ ކުރިމަތީގައި ހުރި ބޮޑު ބުރާއި ހިސާބަށް 9 އިން 15 އަށް ނަންބަރު ޖަހާފައިހުރި 7 ރުއް.

ވީމާ، މި ރުއްގަސްތައް ނީލަން އުސޫލުން ނެންގެވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށްޓަކައި 09 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް ބަނދަރު ސަރަހައްދަށް ( ކައުންސިލް އިދާރާ ކުރިމައްޗަށް) ވަޑައިގެންދެއްވުން އެދެމެ. ނީލަން ފެއްޓޭ އަގަކީ 1000 (އެއްހާސް) ރުފިޔާއެވެ.

30 މޭ 2024
ހޯދާ