މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

އިޢުލާން

 

  1. ށ.މާއުނގޫދޫ އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމެޓީން ދޭ މަޢުލޫމާތާ އެއްގޮތަށް އުނދޯލިތަކެއް އެލުވައިދިނުމާއި ބެންޗުތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2024 ޖޫން 02 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މާއުނގޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
  3. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 ޖޫން 03 ވާ ހޯމަ ދުވަހުގެ 13:00 ގައި މާއުނގޫދޫ ކައުންސިލްގެ އިދާރާގައެވެ.
  4. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ

ކަރަންކާމަގު، ށ. މާއުނގޫދޫ

ފޯން: 6540056

އީމެއިލް: [email protected]

29 މޭ 2024
ހޯދާ