މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލި ކަނބާ ޕްރީ ސްކޫލްއަށް ޓީޗަރެއް ހޯދުމަށް

 

އިޢުލާނު

 

މަޤާމު:

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:

01 (އެކެއް)               

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލީ ކައުންސިލް އިދާރާ، އަދި، ކަނބާ ޕްރީސްކޫލް / މ.މުލި

މަސައްކަތްކުރަންޖެހޭ ގަޑި:

ރަސްމީ ގަޑި، ހެނދުނު 08:00 އިން 14:00 އަށް

މުސާރަ:

7000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ (ގަޑިއަކު -/25 ރުފިޔާ)
  • ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުންނާއި، މުލީ އ.ތ.މ.ކޮމިޓީ އިން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްއާއި، މުލީ އ.ތ.މ.ކޮމިޓީ، ގެ މަސައްކަތްތަކާއި ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް އަށް، އަދި މުލީ އ.ތ.މ ކޮމިޓީ އަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ޙަވާލުކުރެވިފައިވާ ކްލާސް ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުމުގައި އެހީތެރިވެ، ކައުންސިލުންދޭ އިރުޝާދުތަކާ އެއްގޮތަށް އެ މަސައްކަތްތައް ކުރުން.
  4. ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން.
  5. ދަރިވަރުންނަށް ކްލާސްރޫމްގައި އެހީތެރިވުމާއި ދަރިވަރުންނާއި ގުޅުންހުރި ކަންކަން ރިކޯޑްކުރުމާއި، އެމަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން. އަދި ފިލާވަޅުތަކާއިގުޅޭގޮތުން ކްލާސްރޫމުގައި ޑިސްޕްލޭކުރުން.
  6. ކިޔަވައިދިނުމާއި ގުޅޭގޮތުން ކައުންސިލާއި، މުލީ އ.ތ.މ.ކޮމިޓީއާއި، ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޙަވާލުކުރުން.
  7. އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާޢިދުތަކާއި ޕްރީސްކޫލު ކުދިންގެ ގަވާޢިދުތަކާއި ސްކޫލުގެ ގަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން.
  8. ޕްރީސްކޫލްގެ އެންމެހާ ކަންކަން ކައުންސިލާއި، މުލީ އ.ތ.މ.ކޮމިޓީއާއި، ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  9. ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ބޭނުންތަށް ދެނެގަނެ އެކުދިންނަށް އެޙީތެރިކަން ފޯރުކޮށްދިނުން. އަދި ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން.
  10. ޕްރީސްކޫލުގެ އެންމެހައި ވަސީލަތްތައް  ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތަކަށް ބޭނުންކުރުމާއި އެތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން.
  11. ދަރިވަރުންގެ އިތުރު ހަރަކާތްތައް ރޭވިފައިވާގޮތަށް ކުރިއަށް ގެންދިޔުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. ޕްރީސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން.
  1. މުވައްޒަފުންގެ ހާޞިރީގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  2. ކަނބާ ޕްރީސްކޫލަށް އަންނަ ސިޓީ، މެސެޖު ފަދަ ލިޔުންތަކަށް ދުވަހުން ދުވަހަށް ޖަވާބު ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ކަނބާ ޕްރީސްކޫލަށް ކުދިން ވެއްދުމާއި، ވަކިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. ކަނބާ ޕްރީސްކޫލްގެ ދަރިވަރުންގެ ސްކޫލް ފީއާއި ގުޅޭ މަޢުލޫމާތުތައް ކައުންސިލް އިދާރާއަށް ފޯރުކޮށްދިނުން.
  5. ވިޓަމިން އޭ، ފަނީ ބޭސް، ފަދަ ހޮސްޕިޓަލް އިން ހަވާލުކުރާ ބޭސްތައް ، ހޮސްޕިޓަލް އިން އަންގާ ގޮތެއްގެމަތީން ކުދިންނަށް ދިނުމުގެ އެންމެހައި އިންތިޒާމްތައް ކުރުން.
  6. ކަނބާ ޕްރީސްކޫލް އިން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް، ތައްޔާރުކޮށް، ދުވަހުން ދުވަހަށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޕްރީސްކޫލްގެ ދަރިވަރުންގެ ޕޯޓްފޯލިއޯތައް، ނިންމަންޖެހޭ ތާރީޚަށް ނިންމާ، ދަރިވަރުންނާއި ހަވާލުކުރުން.
  8. ކަނބާ ޕްރީސްކޫލްގެ މުވައްޒަފުންގެ ސަލާމާއި، ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  9. ކަނބާ ޕްރީސްކޫލްގެ މުވައްޒަފުންގެ މަސައްކަތް ސްޕައިޒްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

ޕްރީސުކޫލް ޓީޗިންގ ނުވަތަ ޓީޗިންގ ހަދާފައިވާ، ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވުން. ނުވަތަ،

ޖީ.ސީ.އީ އޯލެވެލް އިމްތިޙާން ދެމާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއި އަދި އެސް.އެސް.ސީ އިމްތިޙާން ދިވެހި މާއްދާއިން ދަންވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،

މަސައްކަތާއި ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 3 ހާސިލް ކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ޓީޗިންގް ސާވިސަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށައަޅާ ފޯމް، ވަނަވަރު (ސީ.ވީ)، އައި.ޑީ.ކާޑް ކޮޕީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް 05 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ލިޔުންތައް ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

29  މެއި   2024

29 މޭ 2024
ހޯދާ