މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ލަންދޫ ކައުންސިލް އިދާރާއަށް އަލަށް އިތުރުކުރެވުނު ސެކްޝަނުގައި މިހާރު ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ :

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާއަށް ޖާގައިތުރުކުރުމުގެ ގޮތުން އަލަށް އިތުރުކުރި ސެކްޝަނުގެ ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް މިއިދާރާއިންދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 04 ޖޫން 2024 ވާ އަންގާރަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 10 ޖޫން 2024 ވާ ހޯމަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކުރައްވާ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މޭ 2024
ހޯދާ