މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަލަހިޔާ ޢިމާރާތުގެ މަރާމާތާއި ބެހޭ

            ނަލަހިޔާ ޢިމާރާތުގައި ކުރަންޖެހިފައިހުރި ބައެއްމަރާމާތުތައް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)366/2024/35 ގެ އިޢުލާނާއިގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ  ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.   

 

ތަން

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ

މަޢުލޫމާތު ދިނުން

03 ޖޫން 2024

ހޯމަ

11:00

ބިޑު ހުށަހެޅުން

06 ޖޫން 2024

ބުރާސްފަތި

13:15

29 މޭ 2024
ހޯދާ