މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ނައިޓް މާކެޓާއިގުޅޭ

އިޢުލާން

1445 ވަނަ އަހަރުގެ އަޟްހާ ޢީދާއި ގުޅިގެން ވެލިދޫގެ  އުފެއްދުންތެރިކަމާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސް ކޮށްދިނުމާއި، އެކަމުން ނަފާ ހޯދޭނެ މަގުފަހިކޮށްދިނުމާއި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގުގައި މުދާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ އިތުރުން އާންމު އިޖްތިމާއީ ޙަރަކާތްތެރިކަން އިތުރުކުރުމުގެ ގޮތުން، 06 ޖޫން 2024 އިން 08 ޖޫން2024 އަށް ނ.ވެލިދޫގައި ނައިޓް މާކެޓެއް ބޭއްވުމަށް މިއިދާރާއިން ވަނީ ހަމަޖެހިފައެވެ.

 

މި ނައިޓް މާކެޓުގައި ވިއްކޭނެ ބާވަތްތަކަކީ:

  • ބަންދު ކުރެވިފައިވާ ދިވެހި އުފެއްދުން،
  • އަތްތެރި މަސައްކަތްތެރިކަމުގެ އުފެއްދުން އަދި ކުރެހުން.
  • އިމްޕޯޓް މުދަލުގެ ގޮތުގައި ވިއްކުން ހުއްދަ ކުރެވިފައިވާ ބާވަތްތަކުގެ މުދާ
  • އެކިބާވަތް ބާވަތުގެ ލުއިކާނާ، ބުއިންތައް ފަދަ ތަކެތި

ނައިޓް މާކެޓު ހިންގުމަށް އެކުލަވާލެވިފައިވާ ޤަވާއިދު މިއިދާރާގެ ވެބްސައިޓްއިގައި އާއްމުކުރެވިފައިވާނެއެވެ. ނައިޓްމާކެޓްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޖޫން 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފޯމު ވެލިދޫ ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

                  މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

29 މޭ 2024
ހޯދާ