ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެެއްލާގައި އަޟްހާ ޢީދު 1445 ފާހަގަކުރުމުގެ ގޮތުން ޢީދު ޙަރަކާތްތައް ހިންގައިދޭނެ ފަރާތެއް ހޯދުން

މި އަހަރުގެ އަޟްހާ ޢީދު ގދ. ނަޑެއްލާގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ޢީދުގައި ޙަރަކާތްތަކެއް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ކަމާއި ބެހޭ އެންމެހާ ލިޔެކިޔުންތައް މި ލިންކުން: https://tinyurl.com/documts13  ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަކީ މިކަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 05 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ތިރީގައިއެވާ ގޫގަލް ފޯމުން ރަޖިސްޓްރީ ކުރެވޭނެއެވެ.

ގޫގަލް ފޯމް ލިންކް: https://tinyurl.com/Eidbidreg

ބީލަން ހުށަހެޅުން އޮންނާނީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބީލަމުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމުޢިއްޔާ ޖަމާޢަތްތަކަށެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

 

29 މޭ 2024
ހޯދާ