ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޫރިދޫ ސައިޓްގެ ދެކުނުން ޢާންމު ވިޔަފާރިއަށް ބިމެއް ކުއްޔަށް ދޫކުރުން

ކޮނޑޭ އޫރިދޫ ސައިޓްގެ ދެކުން ޢާންމު ވިޔަފާރި ކުރުމަށް 952.65 (ނުވަސަތޭކަ ފަންސާސް ދޭއް ޕޮއިންޓް ހައެއް ފަހެއް) އަކަފޫޓްގެ 01 ބިން 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. 

  1. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 (ހ) މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމަށް މި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 (ށ) މިބިންތަކުގައި ކުރެވޭނީ ޢާންމު ވިޔަފާރީގެ ބާވަތްތަކުގެ އެކިއެކި ވިޔަފާރިއެވެ. ގުދަން ކުރުމާއި، ގަރާޖު ހެދުމާއި، ޢިމާރާތް ކުރުމުގެ ސާމާނު ވިއްކުމާއި، ކެމިކަލްގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަށް ވިއްކުމުގެ ވިޔަފާރީގެ އިތުރުން ސިނާއީ މަސައްކަތްތަކާއި ގުޅޭ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މިބިންތަކުގައި ނުކުރެވޭނެއެވެ. 

 (ނ) މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީކޮށް ބީލަން ގަތުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 މެއި 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 05 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއިންނެވެ.

 (ރ) ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާ 1,000 (އެންހާސް) ރުފިޔާއަށެވެ.

 (ބ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ.

 (ޅ) ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:15 އަށް ކޮނޑޭ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅި ފަރާތްތަކުގެ ހާޟިރުވެއެވެ.

 (ކ) އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބަޔާންކޮށްފައިވާ ބިން ކުއްޔަށް ދޫކުރުމަށް ޢަމަލު ކުރާނެ ގޮތުގެ އުޞޫލް" ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމުގެ އުޞޫލް" އާއި ބިން އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

29 މޭ 2024
ހޯދާ