މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖު އުސޫލުން ޕޫލަށް މީހުން ނެގުމާއި ބެހޭ

މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީއާއީ ސަލާމުގައި ތިބޭ ދުވަސްވަރު ވޭޖު އުސޫލުން މިސްކިތްތައް ބަލަހައްޓައިދޭނެ ފަރާތްތަކެއް ދަފުތަރުކޮށްފައި ބޭއްވުމަށް ބޭނުންވެއެވެ. މިދަފުތަރުގެ މުއްދަތަކީ 06 ޖޫން 2024 އިން ފެށިގެން 06 ޖޫން 2025 ގެ ނިޔަލަށެވެ.

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ބާވަތާއި މުއްދަތު

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް

ބޭނުންވާ އަދަދު

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގެ މިސްކިތްތައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހޭދަ ކުރުމާއި އޭގެ އިތުރުން ގޯތިތެރާއި ގޯތީގެ ބޭރު މަގު ކުނިކަހައި ސާފު ކުރުމަށް ދުވާލަކު 2 ގަޑި 30 މިނިޓް ހޭދަކުރުން
  2. ކޮންމެ ނަމާދަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކޮށް މޮޕް އަޅައި މުސައްލަ އަޅައި ނަމާދަށް މިސްކިތް ތައްޔާރު ކުރުން
  3. މިސްކިތުގެ ބޭރު ދުވާރުތަކާއި ފާޚާނާތަކާއި އިސްކުރުބަރިއާއި ކާނުތައް ކޮންމެ ނަމާދު ވަގުތަކަށް ދޮވެ ސާފުކުރުމާއި އަބަދުވެސް އެތަންތަން ސާފުތާހިރުކޮށް ބޭއްވުން
  4. މިސްކިތުގެ ގޯތީގެ އެތެރާއި ބޭރު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުން
  5. މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި ސީލިންގ އާއި ތަނބުތަކާއި ދޮރުތަކާ ދޮރުފަތްތަކާއި، މެމްބަރާއި ފަންކާތަކާއި ބޮކިތަކާއި، ފާޚާނާއާއި އިސްކުރުބަރި ހިމެނޭ ޢިމާރާތުގެ ފާރުތަކާއި ސީލިންގއާއި ބޮކިތައް ހަފްތާއަކު 1 ފަހަރު ފޮޅައި ފެންފޮތިލައި ސާފުކުރުން
  6. މިސްކިތު ގޯތީގެ މަގުފާރުގެ ދެފަރާތާއި އިންފާރު މަހަކު 1 ފަހަރު ދޮވެ ސާފުކޮށް ބެލެހެއްޓުން
  7. މިސްކިތުގެ ގޯތީގައި ބަގީޗާ ގަހާއި ވިނަ އިންދައި ދުވާލަކު 1 ފަހަރު ފެންދީ ހެއްދުމާއި ގަސްތައް ރީތިކޮށް ކޮށައި ރުއްތައް ސާފުކޮށް ބެލެހެއްޓުން
  8. މިސްކިތުގެ އެސެޓްސްތައް ހަފްތާއަކު 1 ފަހަރު ފޮޅާ ފެންފޮތިލައި ފުހެ ސާފު ތާހިރުކޮށް ބެލެހެއްޓުން
  9. ފުރާޅާއި ދިޔަދޮވިތައް ސާފުކުރުމާއި، މަހަކު 1 ފަހަރު ވަޅު ދިޔަހިއްކައި، ދާނިތަކަށް ދަނޑިލައްވައި ބެލެހެއްޓުން
  10. މިސްކިތާއި ބެހޭގޮތުން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މިސްކިތުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ)

  • ލިޔަންކިޔަން އެނގުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން

ހުށަހަޅަންޖެހޭ ސުންގަޑި:

13:00 ، ޖޫން 5 2024

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ދަފުތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ސިޓީ
  2. އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް/ ތަމްރީނު ތަކުގެ ކޮޕީ
  4. ލިބިފައިވާ ތަޖްރިބާ އަންގައިދޭ ލިޔުން

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20    ޛުލްޤަޢިދާ     1445

28    މެއި        2024  

28 މޭ 2024
ހޯދާ