މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީތަކުން ނަގާ ބަދިގެ ޑަސްޓްބިން ސާފުކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ކެނދިކުޅުދޫ ކައުންސިލުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. ރަށުގައި އުފެދޭ ކުނި، ލުއިފަސޭހަކޮށް ނައްތާލުމާއި، ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރެވޭތޯ ކައުންސިލުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިފަހަކަށް އައިސް ބައެއް ގޭބިސީތަކުން ބަދިގެ ޑަސްޓްބިން (ފުޑް ވޭސްޓް) ނެރުމަށް ބޭނުންކުރާ ބާލިދީ ނުވަތަ ޓައްޕު ސާފުނުކޮށް ތަކުރާރުކޮށް ކުނި އެޅުމަށް ބޭނުންކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަމަކީ ކުނި ނެގުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް އެކަމުން ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަކަށްވުމުގެ އިތުރުން، ގިނަ ދުވަހު ސާފުނުކޮށް އެއްކަންވާރެއް ފުޑް ވޭސްޓް އެޅުމަށް ބޭނުންކުރާނަމަ ޖަރާސީމު އުފެދި ބަލިފެތުރުމަށް މަގުފަހިވާނެ ކަމަކަށްވާތީ ސަމާލުވުމަށް ދަންނަވަމެވެ.

ވުމާއެކު، ކޮންމެ ދުވަހަކުވެސް ބަދިގެ ޑަސްޓްބިން އުކާލުމުން ޑަސްޓްބިން ސާފުކުރުމަށް އެންމެހާ ފަރާތްތަކުން ސަމާލުކަންދެއްވައި، މިގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20   ޛުލްގަޢިދާ    1445

28   މެއި       2024  

28 މޭ 2024
ހޯދާ