މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

އިޢުލާން

 

މަޤާމް:

ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް

ޑިޕާޓްމަންޓް / ސެކްޝަން:

ބިއުރޯ

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރު 16:00 އަށް (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

މުސާރަ އާއި އުޖޫރަ

މަހަކު 25000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީން ތައްޔާރު ކުރަންޖެހޭ ޕޮލިސީތައް ތައްޔާރުކޮށް މިނިސްޓްރީގެ މެންޑޭޓްގައިވާ ކަންތައްތައް ހާޞިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. މިނިސްޓްރީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)  އެކުލަވާލުމުގެ މަސައްކަތްތައް ކުރުމާއި ސެޕް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ރާވައި ހިންގުން.  އަދި  ސެޕް ތަންފީޒުކުރުމުގެ ގޮތުން އިދާރީގޮތުން ބަލަހައްޓަންޖެހޭ ކަންކަން ބެލެހެއްޓުމާއި، ނަތީޖާ ނެރެވޭ މިންވަރު ވަޒަންކުރުމާއި ރިވިއު ރިޕޯޓް ތައްޔާރުކުރުން. 
  3. މިނިސްޓްރީގެ އޮޕަރޭޝަނަލް ޕްލޭން އެކުލަވާލައި އެހެނިހެން ސެކްޝަންތަކާ ގުޅިގެން ޕްލޭން ތަންފީޒުވާ މިންވަރު މޮނިޓަރކުރުން. 
  4. ބޭރުގެ އެހީއާއިބެހޭ ކަންތައްތައް ކޯޑިނޭޓްކޮށް (ބައިލެޓަރަލް/މަލްޓިލެޓަރަލް ޕްރޮޖެކްޓްސް) މިނިސްޓްރީގެ ފަރާތުން ބައިވެރިވާ އެކިއެކި ބައިނަލްއަޤްވާމީ ފަހުމުނާމާތަކުގެ ދަށުން ހިންގަން ޖެހޭ މަސައްކަތްތައް ކުރުން.
  5. މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ ޕްލޭންތަކާއި ގުޅޭގޮތުން ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  6. މިނިސްޓްރީގެ އޮނިގަނޑަށް އަންނަ ބަދަލަކާއި ގުޅިގެން އެމަސައްކަތްތައް ހަލުއިކޮށް ހިންގުމަށް ބޭނުންވާ ސްޓޭންޑެޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ސްޕަވައިޒަރގެ ލަފާގެ މަތިން އެކުލަވާލުމުގައި އެހީތެރިވެދިނުން.
  7. މިނިސްޓްރީން ކުރަން ހަމަޖައްސާފައިވާ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ހުރި ދަތިތައް ބަލައި އެކަންކަން ރަނގަޅުކުރުމަށް ޢިލްމާއި، ހުނަރު އަދި ޤާބިލްކަން ބޭނުންކޮށްގެން މަސައްކަތް ކުރުމާއި، ޓީމް އެކުލެވޭގޮތަށް މަސައްކަތް ކުރެވޭނެ މާހައުލު ބިނާކުރުމާއި ކުރު އަދި ދުރު ރާސްތާގައި މިނިސްޓްރީން އެކުލަވާލާފައިވާ ޕްލޭންތަކާއި، ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭގޮތަށް ލަފާދިނުމާއި ކުރަންޖެހޭ މަސައްކަތް ކުރުން.
  8. މިނިސްޓްރީގެ މައިގަނޑު މަސައްކަތްތަކާ ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލާ ތަރައްޤީކުރުމާއި އެކަމާ ގުޅިގެން ބަލަންޖެހޭ ހުރިހާ ބެލުންތައް ބަލައި މަސައްކަތްކުރާ ފަރާތްތަކަށް އެހިއްޞާކުރުން.
  9. ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުމާއި، އަދި އެކަންކަން ކުރިއަށް ދާގޮތް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުން
  10. ޕްރޮގްރާމް ޑިޕާޓްމަންޓްތަކުން ހިންގާނެ ޕްރޮގްރާމްތައް ދެނެގަނެ އެންމެ ބޭނުންވާ ދިމާތައް ރިސާޗްކޮށް، ލިސްޓް ހަދާ އެލިސްޓް މެއިންޓައިންކުރުމާއި ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން އެކަންކަން ކުރުން.
  11. މިނިސްޓްރީގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އެކްޝަން ޕްލޭންގައިވާ ކަންތައްތައް ކުރިއަށްދާގޮތް މޮނިޓަރކޮށް ސްޕަވައިޒަރަށް އަޕްޑޭޓް ދުވަހުން ދުވަހަށް ދިނުން.
  12. މިނިސްޓްރީގެ މެންޑޭޓްގައިވާ މަސައްކަތްތައް ހާސިލް ކުރުމަށް މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
  13. މިނިސްޓްރީން ބާއްވާ ޕްރޮގްރާމް ވޯރކްޝޮޕްފަދަ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  14. މަސައްކަތުގެ އަޕްޑޭޓް ބެލެހެއްޓޭގޮތަށް ދުވަހު ރިޕޯޓް ތައްޔާރުކުރުން.
  15. މީގެ އިތުރުންވެސް މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ކޮންސަލްޓެންސީގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ކޮންސަލްޓެންސީގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތްނަމަ އެކަން މި ސިޓީގައި ހިމަނަންވާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު %30
  • މަސައްކަތުގެ ތަޖުރިބާ. %30
  • އިންޓަވިއު. %50
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ޕޮލިސީ ހެދުމާއި މެނޭޖްކުރުމުގެ ދާއިރާގައި ތަޖުރިބާ ހުރުން.
  • އޮފީހުގެ އެސް.އޯ.ޕީ އެކުލަވާލުމުގަ ތަޖުރިބާ ހުރުން.
  • ޕްރޮޖެކްޓްސްތައް ރާވާ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފަ ހުރުން.
  • ސަރުކާރުގެ މެނިފެސްޓޯ އެނގި، އޮޅުން ފިލާފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.
  • ތަޢުލީމީ ސެޓްފިކެޓް.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
  • ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.
  • ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ދަތުރު ކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޖޫން 2024 ވާ ބުދަ ދުވަހު 13:00 ގެ ކުރިން، އީމެއިލް [email protected] މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: ސިޓީއާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިމްތިޙާން އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޖޫން 2024  އާއި 30 ޖޫން 2024 އާއި  ދެމެދު މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގައެވެ. ވުމާއެކު،  މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެ ތިބުން  ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރާނީ [email protected] އަށެވެ.

28 މޭ 2024
ހޯދާ