ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާވަށު ޕްރީސްކޫލުގައި ޕާޓިޝަން ޖެހުމާއި މަރާމާތުގެ މަސައްކަތް

ލ.މާވަށު ޕްރީސްކޫލުގައި ޕާޓިޝަން ޖެހުމާއި މަރާމާތުގެ މަސައްކަތް

ލ.މާވަށު ޕްރީސްކޫލުގައި ޕާޓިޝަން ޖެހުމަށާއި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް (ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

މަސައްކަތުގެ އަގު

75%

  • ތަކެތި ނުވަތަ ޚިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

(Benchmark Price/Submitted Price) x 75

މަސައްކަތް ނިންމާ މުއްދަތު

 15%
  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތަކަށެވެ.

(Benchmark Delivery Period/Submitted Delivery Period) x 15

މާލީގޮތުން އެކަންކުރެވޭނެ ފެންވަރު

5%

  • މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިވަރު ބަލައި ދެވޭ މާކްސް
  • މާލީގޮތުން މަސައްކަތްކުރެވޭނެ ފަންވަރު ހުރިކަން ބަލާނީ ހުށަހަޅާ ބޭންކް ގެރެންޓީފަދަ ރަސްމީ ލިޔުންތަކަށް ބަލައިގެން އެންމެ ގިނައިން ހުރި ފައިސާގެ އަދަދަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ފައިސާގެ އަދަދުތަކުގެ މައްޗަށް ބަލައިގެން ލިބޭ % އަކުންނެވެ.
  • މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ ފައިސާގެ އަދަދު އެންމެ ގިނައިން ހުރި ފަރާތަކަށެވެ.

(Submitted Amount/Benchmark amount) x5

ތަޖުރިބާ

5%

  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
  • ފާއިތުވެ ދިޔަތަކުނުގައި މަރާމާތުގެ މަސައްކަތް ކުރުމުގެ ތަޖްރިބާ އަށް ބިނާކޮށް މާކްސް ދެވޭވަރު ބަލާނީ އެންމެ ގިނައިން ތަޖުރިބާގެ ލިޔުން ހުށަހެޅި ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާފައިވާ ފަރާތަކަށެވެ.

(Submitted Experience/Benchmark Experience)x5

17 ރަޖަބު 1436

06 މޭ 2015
ހޯދާ