ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާ ގުޅޭ

މާވަށު އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާ ގުޅޭ

ހައްދުންމަތީ މާވަށު އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް (ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

މަސައްކަތުގެ އަގު

90%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

(Benchmark Price/Submitted Price) x 90

ތަޖުރިބާ

10%
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
  • ފާއިތުވެދިޔަތަކުނުގައި ކުނިކެހުމުގެ މަސައްކަތް ކުރުމުގެ ތަޖުރިބާއަށް ބިނާކޮށް މާކްސް ދެވޭވަރު ބަލާނީ އެންމެ ގިނައިން ތަޖުރިބާގެ ލިޔުން ހުށަހެޅި ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާފައިވާ ފަރާތަކަށެވެ.

(Submitted Experience/Benchmark Experience)x10

17 ރަޖަބު 1436

06 މޭ 2015
ހޯދާ