މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުން، ތައްޔާރުކޮށްފައިވާ ޗައިލްޑް ހެލްތު ރެކޯޑް ޕްރިންޓް ކުރުމަށް ބޭނުން ވެއްޖެއެވެ.

އިޢުލާން

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުން، ތައްޔާރުކޮށްފައިވާ ޗައިލްޑް ހެލްތު ރެކޯޑް ޕްރިންޓް ކުރުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 މޭ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 06 ޖޫން 2024 ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ޖޫން 2024 ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 ޖޫން 2024 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                                          20 ޒުލްޤައިދާ 1445

28 މޭ 2024
ހޯދާ