ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީ ޕްރީސްކޫލަށް ޓީޗަރެއް ހޯދުމަށް

ވަޒީފާގެ ފުރުޞަތު

މަޤާމް:

 ޕްރީސްކޫލް ޓީޗަރު

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/1000ރ (އެއްހާސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/3070 ރުފިޔާ (ތިންހާސް ހަތްދިހަ ރުފިޔާ)

އެހެނިހެން އެލަވަންސް

 

-          ލިބިފައިވާ ތައުލީމީ ސަނަދަށް ދެވޭ އެލަވަންސް 

  • މަހަކު -/300 ރުފިޔާ އެޑްވާންސް ސެޓްފިކެޓް
  • މަހަކު -/700 ރުފިޔާ ޑިޕްލޮމާ ސެޓްފިކެޓް
  • މަހަކު -/1500 ރުފިޔާ ބެޗެލަރސް ޑިގްރީ ސެޓްފިކެޓް

-          ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަސައްކަތް ކުރަންޖެހޭތަން:

ދިޔަމިގިލީ ޕްރީސްކޫލް

ފެންވަރު ނުވަތަ ޝަރުތު:

  1. ޕްރީސްކޫލް ޓީޗިންގ ހަދާފައިވާ ނުވަތަ
  2. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ނާސަރީ ބޭބީ ނާސަރީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ސްކޫލްގައި ފާހަގަކުރާ އެކިއެކި ދުވަސްތަށް ފާހަގަކުރުމުގައި އިސްވެ ހަރަކާތްތެރިވުން

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2024 ޖޫން 05 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ދިޔަމިގިލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ދޫކުރުމާއި ބަލައިގަތުން ބަންދުނޫން ކޮންމެ ދުވަހުކު 11:00 ން 13:30 އަށް ދިޔަމިގިލީ ކައުންސިލްގައި ކުރިއަށްދާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުން.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

- ވަޒީފާ ދިނުމުގައި ޕްރީސްކޫލް ޓީޗިންގ ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-    މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2024 ޖޫން 06 އާއި 2024 ޖޫން 13 އާއި ދެމެދުގެ ތާރީޚެއް ގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

 ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކައުންސިލްގެ 6780004 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޛުލްޤައިދާ 1445ހ

28 މޭ 2024
ހޯދާ