ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

އިޢުލާން

2024 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާބެހޭ

2024 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ  ޢަރަބިއްޔާގެ ސަރުކާރުން ދެއްވި ކަދުރުގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ތިނަދޫސިޓީއަށް ދެއްވި 934 ޕެކެޓް ކަދުރުގެ ތެރެއިން 2023 ވަނައަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކަށް ކޮންމެ ގެއަކަށް 1 ޕެކެޓުގެ މަގުން ކަދުރު ބެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެގޭގެއަށް ކަދުރު ޙަވާލުކުރުމަށްފަހު  ބާކީވާ ކަދުރު އެހެނިހެން ގޭބިސީތަކަށް ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

ކަދުރު ބަހާނީ، މިއިދާރާއިން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާދީފައިވާ އަދި އެގެއެއްގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 1 ޕެކެޓް ކަދުރު ލިބިދެވޭ ޢުސޫލުން ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ. ގޭގެއަށް ކަދުރު ބަހާނީ، އެގެއެއްގެ ރަށްވެހީންގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްގެ އައިޑީ ކާޑާއިއެކު ކަދުރު ޙަވާލުވާނެ ފަރާތެއް  ތިނަދޫ އިޖުތިމާޢީ މަރުކަޒު (ސްޓޭޑިއަމްގައި ހުންނަ ތިނަދޫ ކޮމިޔުނިޓީ ސެންޓަރ) އަށް  ޙާޟިރުވުމުން ފުރަތަމަ އަންނަ ފަރާތަކަށް ފުރަތަމަ ލިބިދެވޭ އުސޫލުންނެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 29 މެއި 2024 ވާ ބުދަ ދުވަހުން ފެށިގެން 04 ޖޫން 2024 ގެ ނިޔަލަށް ރަސްމީ ބަންދުނޫން  ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް ލިބިފައިވާ ކަދުރު ހުސްވަންދެންނެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.

20 ޛުލްޤަޢިދާ 1445.ހ

28 މެއި 2024. މ

28 މޭ 2024
ހޯދާ