އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކުރުމަށް

މި ސްކޫލުގައި ބޭނުންކުރާ ކްލާސްރޫމުތަކުގެ ތެރެއިން އެއްކްލާސްރޫމު، ސެމިނަރ ރޫމަކަށް ބަދަލުކޮށް، ކުރީގެ ކެންޓީނުގެ ތެރޭގައި ކްލާސްރޫމަކާއި ގުދަނެއް ހަދަން ބޭނުންވެއެވެ.

ވީމާ، ރޭނުމާއި ސިމެންތިޖެހުމުގެ އިތުރުން ސީލިންގ މަސައްކަތްކުރުމަށް (ލަކުޑީގެ މަސައްކަތް) ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މޭ 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 މޭ 2015 (ހޯމަ) ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން އޮންނަ ދުވަހު މަޢުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ސްކޫލުގެ ސެމިނަރރޫމުގައެވެ.

07 މާރިޗު 2015
ހޯދާ