މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓަރީ ކުރުމަށް ހުޅުވާލުން.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަތޮޅު ތެރެއިން، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 19 މެއި 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.          

           އުޞޫލުގައިވާ ގޮތުގެ މަތީން ފިތުރުޒަކާތް ދޫކުރެވޭނީ ހިޖުރީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މުދަލު ޒަކާތް ދޫކުރެވޭނީ ހިޖުރީ ކޮންމެ އަހަރެއްގެ ހައްޖުމަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، 1445 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ 8 ޖޫން 2024 ގެ ނިޔަލަށް ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.   

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު މި ކައުންސިލްގެ އިދާރާއިން ދޫކޮށް ބަލައިގަންނާނީ  28 މެއި 2024 ން، 4 ޖޫން 2024 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 ން 13:00 އަށެވެ.

            މި އަހަރުގެ މުދަލު ޒަކާތަށް ރަޖިސްޓަރީވުމަށް ކަނޑައެޅިގފައިވާ މުއްދަތަށް ފަހުވެސް އަލަށް ރަޖިސްޓަރީ ވުމަށް ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ވާހަކަ ދަންނަވަމެވެ. ފޯމު ބަލައިގަތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 13:00 އާއި ހަމައަށް ކައުންޓަރުން ކުރިއަށް ދާނެއެވެ.   

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މޭ 2024
ހޯދާ