ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ސްކައުޓް އެސެންބްލީގެ ޢާންމު ޖަލްސާއަށް ދެންނެވުން

ޤައުމީ ސްކައުޓް އެސެންބްލީގެ ޢާންމު ޖަލްސާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.

  • ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި
    • 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30
  • ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގޮތް
    • އޮންލައިންކޮށް އަދި ހާޒިރުވެގެން
    • ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރު ސެމިނާ ރޫމްގައެވެ.
    • ޖަލްސާގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު އޮތުމާއެކު އޮންލައިންކޮށް ބައިވެރިވުމުގައި ބޭނުންކުރާ ވަޞީލަތުގެ މަޢުލޫމާތު ޖަލްސާގެ 20 ދުވަސް ކުރިން ޢާއްމު ކުރެވޭނެއެވެ
  • ޖަލްސާގެ އެޖެންޑާ

1.

ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން

7.

2022 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް ފާސް ކުރުން

2.

ޤައުމީ ސްކައުޓް ކައުންސިލަށް އައްޔަނު ކުރެވިފައިވާ ޚަޒާންދާރަށް ޤައުމީ ސްކައުޓް އެސެންބްލީގެ ރުހުން ދިނުމާއި މެދު ގޮތް ނިންމުން

8.

2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯރޓް ފާސް ކުރުން

3.

ޤައުމީ ސްކައުޓް ކައުންސިލަށް އައްޔަނު ކުރެވިފައިވާ ދާއިމީ މެންބަރަށް ޤައުމީ ސްކައުޓް އެސެންބްލީގެ ރުހުން ދިނުމާއި މެދު ގޮތް ނިންމުން

9.

އެސޯސިއޭޝަންގެ ރައީސްގެ ބަޔާން އިއްވުން

4.

2021 ވަނަ އަހަރު ބޭއްވުނު އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

10.

2024 ވަނަ އަހަރުގެ އެސޯސިއޭޝަނުގެ އަހަރީ ކަލަންޑަރު އަދި ވޯރކްޕްލޭން ފާސްކުރުން

5.

2021ވަނަ އަހަރުގެ އަހަރީ ރިޕޯރޓް ފާސް ކުރުން

11.

2024 ވަނަ އަހަރުގެ އެސޯސިއޭޝަނުގެ ބަޖެޓް ފަސްކުރުން

6.

2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯރޓް ފާސް ކުރުން

12.

މަންދޫބުން ޚިޔާލު ފާޅު ކުރުން

  •  ޖަލްސާއާ ގުޅުންހުރި ލިޔެކިޔުން
    • މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ލިޔެކިޔުންތައް 12 ޖޫން 2024ގެ ނިޔަލަށް ޢާއްމު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

 ޤައުމީ ސްކައުޓް އެސެންބްލީގެ ޢާންމު ޖަލްސާގައި ބައިވެރިވެވޭނެ ސްކައުޓް ގުރޫޕްތަކުގެ ޝަރުތު ތަކާއި މި ޝަރުތު ހަމަވާ ގުރޫޕްތަކުގެ ލިސްޓު 2024 ޖޫން 7 ގެ ކުރިން ޢާއްމު ކުރެވޭނެއެވެ.

27 މޭ 2024
ހޯދާ