ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އަމާނާތު މިސްކިތުގެ ގޯތިތެރޭގައިވާ ގާތައްނަގާ ވޯކްވޭ އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސްޖިދުލް އަމާނާތު މިސްކިތުގެ ގޯތިތެރޭގައިވާ ގާތައްނަގާ ވޯކްވޭ އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސްޖިދުލް އަމާނާތް މިސްކިތުގެ ގޯތިތެރޭގައިވާ ގާތަށް ގިނަ ދުވަސް ވުމުގެ ސަބަބުން ހަލާކުވެ އަޑި ގުޑަންތައް ގިނަވެފައިވާތީ އެގާތަށް ސާފްކުރުމާއި ބަލަހައްޓުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެހެން ކަމުން އެގާތައް ނެގުމަށް ފަހު ކައުންސިލް އިދާރާއިންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ވޯކްވޭ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ކުރިމަތިލެވޭ ފަރާތްތައް:

  • ޖަމިއްޔާތައް
  • ވިޔަފާރިތައް
  • އަމިއްލަ ފަރުދު
  • އިދާރާތައް

 

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށައެޅުމުގެ އެންމެ ފަހު މުއްދަތަކީ 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.  

މިމަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 06  ޖޫން   2024 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން 7787791 ގުޅުއްވުން އެދެމެވެ.

             ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 މޭ 2024
ހޯދާ