މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓް ސިޓީލާ ނީލަމުގައި ވިއްކާލުން

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓް ސިޓީލާ ނީލަމުގައި ވިއްކާލުން

 

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓެއް (ކްރަޝަރއާއިއެކު) ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. އެހެންކަމުން އައިސް ޕްލާންޓް ގަތުމަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ހުޅުވާލަމެވެ.

އައިސްޕްލާންޓް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ގެ ކުރިން އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރުފަހު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑު އަދި ފޭސް ބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ދިނުމަށްފަހު ހެދޭ އެގްރީމެންޓާއި އެއްގޮތަށް ނީލަން ކިޔުނު ތަކެތީގެ ފައިސާ  މިއިދާރާއަށް ދައްކާ 1 (އެކެއް)  މަސް ދުވަހުގެ ތެރޭގައި ނީލަމުންނެގި މުދާ ގެންދަވަން ވާނެއެވެ.

ސިޓީލާ ނީލަން ނަންބަރު: (IUL)290/ADMIN/290/2024/38

ތަކެތީގެ މަޢުލޫމާތު: ކޮންޓޭނަރައިޒް 15 ޓަނުގެ ފްރެޝް ވޯޓަރ އައިސް ޕްލާން (ކްރަޝަރއާއެކު)

ބޭނުންކުރާ ފެނުގެ ބާވަތް: ސާފު ފެން

ކޮންޑިޝަން: ބްރޭންޑް ނިއު

ނީލަން ފެށޭއަގު: 300000.00 (ތިންލައްކަ ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 5,000.00 (ފަސްހާސް ރުފިޔާ)

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިތަކެތި ބަލާލުމުގެ އިންތިޒާމު ނީލަން ނިމެންދެން ބަންދު

ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 ން މެންދުރު 14:00 އަށް މިއިދާރާއަށް ޙާޟިރުވުމުން

ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަދި މި ނީލަމުގެ މުއްދަތަކީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00  އަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 6560005 އަދި މޯބައިލް 9861066 އަށް ގުޅުއްވުން އެދެމެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.       

              18 ޛުލްޤަޢިދާ 1445

27 މޭ 2024
ހޯދާ