ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ އަލަށްކެނޑި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

ދ.ބަނޑިދޫ އަލަށްކެނޑި މަގުތަކުގައި މަގުހޮޅި އަދި މަގުބައްތި އަމިއްލަތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (IUL)376/376/2024/12 އާއި ގުޅިގެން ބިޑު ހުށަހަޅުއްވާފައިވާ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާވަރަށްވުރެ ބޮޑު އަގެއްކަމަށްވާތީވެ، އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ޖޫން 2024 ވަނަ ދުވަހުގެ 11:30 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް  ހުށަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތު ސައިޓަށް ވިޒިޓްކުރުމަށް ލިޔުމުން އެދިލައްވާ ބިޑާސް 5 ޖޫން 2024 ވަނަ ދުވަހު 11:30 އަށް މި ކައުންސިލަށް ވަޑައިގެންދެއްވުންއެދެމެވެ.ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 11 ޖޫން 2024 ވަނަ ދުވަހުގެ 11:30 ގައި ބަނޑިދޫ ކައުންސިލް އިދާރާގައެވެ.މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  10 ޖޫން 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން (ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު : 09:00 ން 14:00)  ނުވަތަ  [email protected]   އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

  މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

27 މޭ 2024
ހޯދާ