ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުރިނބީ ރައްޔިތު 90 ރުއް ވަރުވާއަށް ދޫކޮށްލުން

ހދ. ކުރިނބީ ރައްޔިތު 90 ރުއް 1 އަހަރު ދުވަހުގެ މުއްދަތަށް ދެބަޔަކަށް ވަރުވާއަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ރުއްތައް ވަރުވާއަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކޮށް ރަޖިސްޓްރީކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރީކުރުން

ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި

ތާރީޚް: 02 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 13:00

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި

ތާރީޚް: 04 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 މޭ 2024
ހޯދާ