ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ އީދު ޝޯއަށް އައިޓަމްސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

1445 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަ ކުރުމުގެ ގޮތުން މި ކައުންސިލުން އިސްނަގައިގެން ރައްޔިތުންގެ އީދު ޝޯއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޝޯ ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ޒަމާނުއްސުރެން ދިވެހީންގެ މެދުގައި އޮންނަ ސަގާފަތް ދިރުވާ އާލާކުރުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމެވެ. އެހެންކަމުން އިޖުތިމާއީ މިންގަނޑުތަކަށް ފެތޭގޮތައް މުނިފޫހިފިލުވުމުގެ އައިޓަމް ތައް ހުށަހެޅުމަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

އެގޮތުން ޝޯއަށް އައިޓަމް ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އެ ފަރާތަކުން ހުށަހަޅާ އައިޓަމްގެ މައުލޫމާތާއި އެ އައިޓަމް ކުރިޔަށް ގެންދިޔުމަށް އިސްކޮށް އުޅެނެ ފަތާރެއްގެ މައުލޫމާތު ފޮނުވުންއެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

27 މޭ 2024
ހޯދާ